Muraasil

ހޯދާ

ކިލޯ ބައިޓަކަށް އެއްލާރި

ދިވެހި ރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް ނުވަތަ ދިރާގަކީ ވިޔަފާރި އިޝްތިހާރު ކުރުމުގައި އާދަޔާއި ޚިލާފު އުކުޅުތަކެއް ގެންގުޅެމުންދާ ކުންފުންޏެކެވެ. މިގޮތުން ވަރަށް ފަހުންވަނީ "ކިލޯ ބައިޓަކަށް އެއްލާރި" މިނަމުގައި ވަރަށް އަގުހެޔޮކޮށް މޯބައިލް އިންޓަނެޓް ދޫކުރާކަމުގެ އިޝްތިހާރެއް މާލޭގެ އެކި ހިސާބުތަކުގައި ހިއްޕާފައެވެ. މިއިންޓަނެޓްގެ ޚިދުމަތުގެ އަގު ހެޔޮކަމަށް ބަލާލުމަކީ ނެތްކަމެއް ނޫންކަމަށް ދެކެމެވެ. ތިރީގައި އެވަނީ އަޅުގަނޑު އާންމުކޮށް ކޮންމެ ދުވަހަކުވެސް ވަރަށް ގިނައިން ބަލަމުންދާ ވެބްސައިޓްތަކެވެ. މިވެބްސައިޓްތަކުގެ ފުރަތަމަ ޞަފްޙާ ސޭވްކޮށްފައި ހުރި ބުރަދަނަށް ދިރާގުން ފޮނުވާ ބިލުގެ ތަފާސް ހިސާބެއް ހަދާލާނަމެވެ.

1.ޖީމެއިލް – 958 ކޭބީ، މީގެ މާނައަކީ މިއަށް 958 ލާރި އެރުމެވެ. ރުފިޔާއިން 9.58 ރުފިޔާއެވެ.

2.ހާމަ ޑެއިލީ – 1259 ކޭބީ، މިއީ 1259 ލާރިއެވެ. ރުފިޔާއިން 12.59 ރުފިޔާއެވެ.

3.ހަވީރު – 761 ކޭބީ ، މިއީ 761 ލާރިއެވެ. ރުފިޔާއިން 7.62 ރުފިޔާއެވެ.

4.މަނަދޫލައިވް – 2590 ކޭބީ، މިއީ 2590 ލާރިއެވެ. ރުފިޔާއިން 25.90 ރުފިޔާއެވެ.

5.ސީއެންއެން – 857 ކޭބީ، މިއީ 857 ލާރިއެވެ. ރުފިޔާއިން 8.57 ރުފިޔާއެވެ.

6. މުރާސިލް - 980 ކޭބީ، މިއީ 980 ލާރިއެވެ. ރުފިޔާއިން 9.80 ރުފިޔާއެވެ.

މިފަސް ވެބް ސައިޓަށް ދުވާލަކު އެއްފަހަރު ވަންނަނަމަ ދުވާލަކު އަތުން 74.06 ރުފިޔާ ޚަރަދު ވެގެންދާނެއެވެ. މިވަރަކުން އަދި ނިމުނީއެއް ނޫނެވެ. މިޚިދުމަތް ހޯދުމަށް 1200ރ ދީފައި ދިރާގުން މޮޑެމް އެއްވެސް ގަންނަށް ޖެހެއެވެ. މިޚިދުމަތުންވާ ހަމައެކަނި ފައިދާއަކީ ކޮންމެ ތަނެއްގައި ހުރެފައިވެސް އިންޓަނެޓްގެ ބޭނުން ކުރެވޭ ކަން އެކަންޏެވެ. ނަމަވެސް ސުވާލަކީ އިޝްތިހާރު ކުރާއިރު "ކިލޯބައިޓަކަށް އެއްލާރި" ކިއީމާ ތަންދޮރު ނުދަންނަ މީހުން ހީކުރާނީ "އައްދެ ހާދަ އަގުހެވޭދޯ މިހާރު" މިހެންނެވެ. ނަމަވެސް މިއީ ޙަޤީޤަތްތޯއެވެ. ދިރާގުން މިގޮތަށް މީހުންނަށް އޮޅުވާލުމަކީ އަލަށް ކުރަމުންދާ ކަމެއް ނޫނެެވެ. މިޚިދުމަތް ބޭނުން ކުރުމުގެ ކުރިން ދެވަނަ ވިސްނުމަކަށް ދިޔުން ބުއްދިވެރިއެވެ.


މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-10-16 04:53:00 | Report this Comment
ބަޑިއެދުރު:

ހެޔޮކޮށްތިޔަބުނީ، ދިރާގަކީ ފާއިތުވިދުވަސްތަކުގައި ދިވެހިންގެލޭބޮމުންދިޔަބައެކެވެ. ނުވިތާކަށް މިހާރުވެސް އެދަނީ ލޭބޮމުންނެވެ. ދިރާގުގެ މާލިއްޔާތަކީ ދިވެހި ލެއިން ބޮއިފައިވާ ލެއެވެ. ދިރާގުގައި އުޅޭ ގަމާރުންނަށްހީވަނީ ތޯއްޗެ އެހެން މީހުންވެސް ގަމާރުވާނެއޭ. އިނގުރައިދޫލައިވްއެވެ. ތިކުރާހިއްވަރަށް ހަމަ އަތްބަޑިޖަހާވަރުވެއެވެ. ސާބަހެވެ. ދިރާގަށް އަހުރެން ފަސްފަހެތިން ގޮންޖަހަމެވެ.
ކުޑަ ސޮރު: އަޅެފަހެ އަޖައިބެއްނުވާނެތަ!!! ހަމަރަންގަޅަށް ތިހީވީ. ތިޔަ މީހުންހަމަ މާބޮޑަށްވެސް ގަމާރު. ބަލަ ތިހުރިހާ ވއބްސައިޓަކީވެސް ސީދާ މޮބިލް އިންޓަނެޓަށް ހާއްސަ ކުރެވިފަ ހަދާފަ ހުންނަ ސައިޓްތަކެއް ނޫން. އެހެންވެ ކޮންޕިއުޓަރުން ބޭނުން ކުރާއިރު ނޫންނަމަ މޮބިލެ ފޯނުން ބޭނުންކުރާއިރުވެސް ކޭ.ބީ ބޮޑުވާނެ. ބަލަ ހޭއަރާބަލަ. އެއްޗެހި އެގިގެން ވާހަކަ ދައްކަބަލަ.....
ނަސްރުﷲ: ކުޑަ ސޮރު ހޭލީތަ؟ މި ދައްކަނީ މޯބައިލް ފޯނުން އެ ސައިޓުތަކަށް ވަންނަ ވާހަކައެއް ނޫނެވެ. މި ދައްކަނީ ޕީސީއިންނާއި ލެޕްޓޮޕުން ވަނުމަށް ދިރާގުން ޖެހި މަޅިއެއްގެ ވާހަކައެވެ. މައްސަލައަކީ އަގު ބޮޑުވުމެވެ. ބައެއް ގައުމުތަކުގައި 350 ރުފިޔާ މަހަކު ދީގެން މިގޮތަށް ސިމް ބޭނުންކޮށްގެން ބޭނުން ވަރަކަށް ނެޓަށް އެބަ ވަދެވެއެވެ. ބޭނުން ވަރަކަށް ޑައުން ލޯޑުވެސް ކުރަން ވީއެވެ. އެއިން 60 ކޭބީޕީއެސް ވަރު ލިބެންވެސް ލިބެއެވެ. އެކަމު މާލޭގައި ދީފައި މި ހުންނަ ބްރޯޑް ބޭންޑުންވެސް އެވަރު ލިބޭނީ ހުވަފެނުގައެވެ. ނޫނީ ނަގަން ޖެހޭނީ 512 ކޭބީޕީއެސް ނޫނީ 1 އެމްބީގެ ލައިނެކެވެ.

Posted on 2009-10-16 04:54:43 | Report this Comment
އަހަންމަދު:

ދެވަނަ ވިސްނުމަކަށް ދާކަށް ޖާގައެއްނޯވެއެވެ. އެކަމު މިހާރު ދެވަނަތަނެއް ހުރެއެވެ. އެހެންވީމަ ވިސްނުން ވަރަށް ރަނގަޅެވެ. ކުރީގަ ދިރާގުން ދޭ ހިދުމަތެއް ބޭނުންކުރާނަމަ ޖެހެނީ އެމީހުނަ ކީ އަގެއްދައްކައިގެން ހިދުމަތް ލިބިގަންނާށެވެ. މިހާރުވެސް ދުނިޔޭގެ އެންމެ އަގުބޮޑު ޑޮމައިން ނޭމް އަދި ހޮސްޓިން ވިއްކަނީ ދިރާގުން ނެވެ. ދިރާގަށް ފައިދާ ވާނީ އަގު ހެޔޮކޮށް ގިނަޑޮމައިންނާއި ހޮސްޓިން ވިއްކި ވަރެއްތޯއެވެ. އަދި އަގުބޮޑުކޮށް މަދު ކަސްޓަމަރުން ގެންގުޅުންތޯއެވެ. ހީވާގޮތުގައި އަދިވެސް ދިރާގުގައި އެފަދަ ކަމަކަށް ކުފޫ ހަމަނުވަނީއެވެ.

Posted on 2009-10-16 08:44:07 | Report this Comment
ދިރާގު ކުއްޖެއް....:

ތިއީ ހަމަ ތިކަން އޮއި ގޮއި..... ދިރާގު މާކެޓިން ޓީމް ތިކަހަލަ ކަންތަކަށް ވަރަށް މޮޅުވާނެ... ސްޓާރފް ޕެކޭޖެކޭ ކިޔާފަ ދިރާގުގެ މުވައްޒަފުންވެސް ފެލާލަނީ.... އަދި ވަރަށް ބޮޑު ތެދެއް ބުނަންތަ... އަންލިމިޓެޑް މިކިޔާ ޕެކޭޖް ހުންނަނީ އެތަށް ގެއަކަށް ޝެއާ ކޮށްފަ.... އެހެންވެ އެހާ ލަސްވަނީ... ތިކަހަލަ ވާ ހަކަތަށް ގިނައިން ދައްކަބަލަ... ހަމަ ކޮންޕްލެއިން ކޮށްފަ ފަލީހައި ކުރިވަރަކަށް ސަރވިސް ރަގަނޅު ވާނީ... ވަރަށް ސަލާން، މާން އާއި މިރުޝާން އަށް.

Posted on 2009-10-16 09:15:05 | Report this Comment
އީލްމީ ހަދިޔާ:

ވަރަށް ފުރިހަމަ ލިޔުމެއް. މިކަމުގެ ހަޤީޤަތަކީ މިއީ. ވިސްނުމަށް ވަރަށް ކުޑައެއްޗެއްކަމަށް މީހުންނަށް ތަސައްވުރު ވިޔަސް މިއީ ކިލޯބައިޓަކަސް ވަރަށް ބޮޑު ޢަދަދެކެވެ. މިކަހަލަ ލިޔުން ގިނަ ކުރާށޭވެ. އިންޝާﷲ މީހުންވެސް ހޭލުންތެރިވާނެއެވެ.

Posted on 2009-10-16 09:28:40 | Report this Comment
އިރުޝާދު:

އިސްތިހާރުގައި އެވަނީ ކިލޯ ބައިޓްގެ ވާހަކައެ ނޫނެވެ. އާންމުގޮތެއްގައި އިންޓަރނެޓް ގެ ހަލުވިމިން ކިރާއުޅެނީ ކިލޯބިޓްސްއިންނެވެ.ކިލޯ ބިޓްސް އަކީ 1000 ބިޓްސް އެވެ.ދިރާގުން އެ ހުށައަޅާ އަގަކީ ކިލޯ ބިޓްސް އަކަށް 1 ލާރިއެވެ.

Posted on 2009-10-16 09:53:36 | Report this Comment
ނަސްރުﷲ ޖަމީލު:

މި ހުންނަނީ ހައްތާވެސް ވިޔަފާރިއެވެ. މީހަކު ދިރާގު ސިމްއަކުން ނުވަތަ ވަތަނިއްޔާ ސިމްއަކުން ނެޓަށް ވަނުމަކަސް 1200 ދީފައި މޮޑެމެއް ގަންނާކަށް ނުޖެހެއެވެ. ކިލޯ ބައިޓަކަށް 1 ލާރިއޭ ކިޔައިގެން އެ ވިއްކަން އުޅެނީ މޮޑެމެވެ. ހަގީގަތަކީ ބްލޫޓޫތް ހުންނަ ފޯނަކުން ލެޕްޓޮޕާ ކަނެކްޓްކޮށްގެން މޮޑެމެއް ނުގަތަށް ނެޓަށް ވަދެވޭ ކަމެވެ. މިހާރު ބްލޫޓޫތް ނުހުންނަ ފޯނެއް މަދެވެ. ޕީސީގައި ބްލޫޓޫތް ނެތަސް އެޑަޕްޓަރެއް ގަތުމަށް ދާނީ 100 އެއްހާ ރުފިޔާއެވެ. އެހެންނޫނަސް ޖީޕީއާރުއެސް ސްޕީޑަކީ ފޫހި ސްޕީޑެކެވެ. އެތަށް އިރަކު ސްކްރީނަށް ބަލަން އިނދެގެން ނޫނީ ޕޭޖެއް ފެންނަ ވަރެއް ނުވާނެއެވެ. ނެޓަށް ވަންނަން ބޭނުން ނަމަ، ބޭނުން ތަނެއްގައި ވަދެވޭ ގޮތަށް ވަތަނިޔާ އިން ތައާރަފު ކޮށްފައިވާ ޖީޕީއާރުއެސްއަށް ވުރެ ފާސް ޕެކޭޖުތަކަކީ ވިސްނާލަން ރަނގަޅު އޮޕްޝަނެކެވެ.

Posted on 2009-10-16 14:32:57 | Report this Comment
ދިވެހި ލިޔަން ނޭ ގެ ސޮރު:

އަޅުގަނޑަކީ ތި ކަހަލަ މޮޑެއްމެއް ބޭނުން ކުރާ ކުއްޖަކީމެ..ސިނގަރޕޯގެ އެމް ވަން އިން ފޯރުކޮއްދޭ ސާވިރސް ގަ، އެމީހުން އަޅުގަނޑަ މޮޑެމް ދިނީ ހިލޭ..6 މަހުގެ ކޮންޓެރޓެއްގަ ސޮއި ކުރީ މަ...މަހަކު ދައްކަން ޖެހެނީ 27 ޑޮލަރ ..އަންލިމިޓެޑް ..ކިހާ ފައްކާ..ދިވެހި ފައިސާ އިން އެއި 270 ވަރައްކަ ރުފިޔާ... 200 ޑޮލަރު ސެކުރިޓިގެ ގޮތުގަ ނެގި..އެކަމް އެއީ ރީފަންދު ކުރާ ގޮތައް... (ދިވެހި ލިޔަން ނޭގެ ސޮރީ)
ނަސްރުﷲ: އާއްމުކޮށް ތިޔަހެން ޑިޕޮސިޓަށް ނުވަތަ ސެކިއުރިޓީގެ ގޮތުގައި ނަގާ ރުފިޔާއަކީވެސް އެހެން ގައުމެއްގެ މީހެއް ކަމަށް ވުމުން ނަގާ އެއްޗެކެވެ. އެ ގައުމުމުގެ މީހުން ޑިޕިސިޓްވެސް ބަހައްޓާކަށް ނުޖެހެއެވެ. މިފަދަ ގޮތަކަށް ރާއްޖެވެސް ވުމަކީ ދެކޭ ހުވަފެނެކެވެ.

Posted on 2009-10-16 14:48:06 | Report this Comment
ވާޑޭ:

ދިރާގުން ރާއްޖެތެރޭގައި ދޭ ވައިފައި ހިދުމަތް ވަރަށް ފައްކަލެވެ.ދެ ދެވަހުން އެއްދުވަހު ހިދުމަތް މެދު ކެނޑޭނެއެވެ.ހިދުމަތް ލިބޭނީވެސް ވަކި ސަރަހައް ދަކަށެވެ.އެވެސް ރަނގަޅުކޮށް އަގުހެޔޮކޮށް ދޭކަށް ހިޔާލުވެސް ނުކުރެއެވެ.އޭޑީ އެސް އެލް ގެ ހިދުމަތްވެސް މިހާރު އަޑުގޮއްވާލާފައި ރަށްތަކުގައި ހިނގައިގަންނާނެއެވެ.މިރުޝާނޫއެވެ.ރާއްޖެތެރޭ ފަސްކުޅަދު މަދު މީހުން މިހާރު ނޫޅޭނެއެވެ.އެއީ މަމޫނިއްޔަ ދުވަސް ވަރުގެ ވިސްނުމެކެވެ.މީހުންނަށް ވާނުވާ ނޭންގޭގޮތަށް ހިދުމަތް ދޭން އުޅެނިކޮށް ސައިޒަށް ނޭންގިތިއްބާ ތިރިވެދާނެއެވެ.ވައިފައި ރައުޓަރު ރަށު އޮފީސް ތަކުގައި ބައިންދައިގެން އޮފީސް ނިމުނީމާ ނިއްވާލިއަކަސް ހިދުމަތެއް ނުދެވޭނެއެވެ.

Posted on 2009-10-16 22:41:55 | Report this Comment
ހަވަރު ތިނަދޫ ކުއްޖާ:

ތީ ހަމަ ތެދެއް.. ލިމިޓެޑް ޕެކޭޖެއް ވެއްޖެއްޔާ ވާނުވާ ނޭގެ. އަޅުގަނޑު ގެ200 ރުފިޔާ ގެ ޕެކޭޖް ގެ މިދިޔަ މަހުގެ ބިލުގަ 700 ރުފިޔާ އޮތް. މަހުގެ 27 ވަނަ ދުވަހު ޔޫސޭޖް ޗެކް ކުރި އިރު 200 ރފ ގެ ލިމިޓް ހަމަ އެއްނުވޭ. މާނަ އަކީ ތިންދުވަސް ތެރޭ 500 ރފ އިތުރުވެފަ އޭ އެއޮތީ. މިތިންދުވަސް ތެރޭ ގްރާފް ވެސް ފެންނަ ކަމަކަށް ނުވި.(ގްރާފް އެރާރ އެއް އަރާފަ އިންނަނީ).މިކަމާ ސުވާލު ކުރުމުން ބުނީ ވައިރަސް އެއްގެ ސަބަބުން ވެސް އެހެން ވެދާނެ ކަމަށް. އަދި އެކަން ބެލޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް. އަދި މީ އަޅުގަނޑު އެކަނި ބޭނުން ކުރާ ޕެކޭޖެއް. ކަސްޓަމަރުން އަތުންހިތު ހުރި ގޮތަކަށް ލާރި ނަގާއިރު މިނެގެނީ ތިމާމެންނަށް ހައްގު ފައިސާ އެއް ބާ! ހައިރާނެއް ނުވާނެތަ.

Posted on 2009-10-16 23:33:52 | Report this Comment
ޕިކްސް:

ވަތަނިއްޔާއިންވެސް މިހާރުވަނީ މޮބައިލް އިންޓަނެޓްގެ ހިދުމަތް ތައާރަފްކޮށްފަ. އަދި މިހިދުމަތް ބޭނުންކުރުމަށް ދައްކަންޖެހެނީ ފިކްސްޑް މަހު ފީއެއް. އަދި ހަމައެހެންމެ ސްޕީޑް އުޅެނީ 1.5 މެގަބައިޓްއަށް ވުރެމަތީގަ.

Posted on 2009-10-17 01:41:50 | Report this Comment
ތަޖްރިބާ:

ދިރާގަކީ ދިވެހިން އޮޅުވާލައިގެން ލާރި ފެރޭ ބައެކޭ ބުންޏަސް ދޮގަކަށް ނުވާނެ، އަހަރެން އޭޑީ އެސްއެލް ލައިނެއް ގެޔަށް ވައްދާފަ އިންސްޓްލޭޝަން އަށް 1000 ދައްކާފަ ހުއްޓާ، މަތީބުރިޔަށް އަޅާފަ އިން ލައިނަށް ފެން އެޅިގެން އެންމެ ގަޑީ އިރަކަށްވެސް ބޭނުންނުކުރެވި ހައްފްތާއެއްފަހުން ޑިސްކަނެކްޓް ކުރަން ފޯމް ހުށަހެޅިން. އެކަމަކު ޖެހިގެން އައި މަހުގަވެސް ޕެކޭޖް ޗާރޖް އޭކިޔާފަ 600 ކޮންމެވެސް ވަރެއްގެ ބިލެއް ފޮނުވައިފި. އަނެއްކާވެސް މިހެން ގޮސް ތިން ހަތަރުފަހަރު ޑިސްކަނެކްޓް ފޯމް ލިޔެފިން ކޮންމެ ފަހަރަކުވެސް ބުނަނީ ފޯމް ލިބިފަކާ އެއްނެތޭ. މީގެ ހެއްވާކަމަކީ ޑިސްކަނެކްޓް ފޯމްލީމ އެއާ ހަވާލުވިކަމުގެ ރަސީދެއް ލިޔުމެއް އެއްޗެއް ދެނީކީއެއް ނޫން.. ކީއްކުރާނީ އެންމެ ފަހުން 5000 ވަރަކަށް ރުފިޔާ ފެލާލީ. އޭގެ ފަހުން މަވާ ސަލާމް ދިރާގަށް.. އަދި މިނޭވާގައި ދިރާގު ބޮއިކަޓް ކުރުމަށް ހުރިހާ ދިވެހިންނަށް ގޮވާލަން، އަދި މިހާރު ދިވެހިން ނުވާތ ރާއްޖޭގަ ބުރަމަސައްކަތްކުރާ ބިދޭސީން ފެލާލުމުގެ ޕޮރޮގްރާމްވެސް އެބަ ހިންގާ އެހެންވީމަ ބިދޭސީންވެސް ހޭލުންތެރިވެ ތިބުމަށް ގޮވާލަން.

Posted on 2009-10-17 22:30:02 | Report this Comment
ހަވަރު ތިނަދޫ ކުއްޖާ:

އަސްލުވެސް ދިރާގު ބޮއިކޮޓް ކުރަންވީ..

Posted on 2009-10-20 09:34:00 | Report this Comment
ދދދ:

ދިރާގުން އެއީ ނަމެއްގައި ކުރާކަމެއް. ވަތަނިއްޔާއިންވެސް އިސްތިހާރުކުރަނީ ހެސްކިޔާފަ އެކަމަކު 929 އަށް ގުޅާލީމަ ބުނީ އަދި ތިހިދުމަތް ދެނީ ވީއައިޕީ ކަސްޓަމަރުންނަށޯ. ވެއްހާދެން

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.


  • muraasil

    "މުރާސިލްގައި ޝާއިޢު ކުރެވިފައިވާ ލިޔުންތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލާއި ފިކުރެވެ. މިއީ މުރާސިލްގެ ހިޔާލާއި ފިކުރެއް ނޫނެވެ. " މުރާސިލް ބޭނުންކުރުމުގެ އުސޫލުތައް ބައްލަވާ. މުރާސިލް ގެ ކުރިއެރުން ބިނާވެގެންވަނީ ކިޔުންތެރިންގެ ވިސްނުމުގެ މައްޗަށެވެ. އަޅުގަނޑުމެންނާއި ގުޅުއްވާ.


    Back to top ^

    ބައެއް ޙައްގުތަކަކީ މުރާސިލްގެ މިލްކެއް 2009