Muraasil

ހޯދާ

އާއްމުކޮށް ބޭނުންކުރާ ދިވެހި ފޮންޓް ތަކާއި ބެހޭ ދިރާސާއެއް

ދިވެހިރާއްޖެ އަކީ ތިން ލައްކައެއްހައި ކުޑަ އަބާދިއެއްހިމޭނެ އަމިއްލަ ބަހަކުންވާހަކަދައްކާ އަމިއްލަ ލިޔުމެއް ގެންގުޅޭ ގައުމެކެވެ. ދިވެހި ބަސް ނުވަތަ ތާނަ ބޭނުންކުރާ އާބާދި މިހައި ކުޑަ ކަމުގައި ވާއިރު މި ބަސް ދިރުވުމާއި، ތަރައްޤީ ކުރުމަށްޓަކައި ބޭނުންވާ އާލާތްތައް އުފެއްދުމަކީ ދިވެހިންގެ އަތް މަތީގައި އޮތް ކަމެކެވެ. މުރާސިލްގެ އެންމެ އިސް މަޤްސަދަކީވެސް އެއީއެވެ.

މުރާސިލް ވުޖޫދަށް އައުމުގެ އެތައް އަހަރުތަކެއް ކުރިންސުރެއްވެސް މުރާސިލް ގެ އެއް މުޝީރު ޖާވިޝް ހަމީދު ވަނީ ދިވެހި ބަސް ތަރައްގީކުރުމަށް އެތައް ދިރާސާތަކެއް ކޮށް، ތާނަ ބޭނުން ކުރުމަށް އެތައް ސޮފްޓްވެއަރ ތަކެއް ތައްޔާރުކޮށް ދިވެހި ޑެވެލޮޕަރުންނަށް އެތައް އިރުޝާދު ތަކެއް ދީފައެވެ. މިކަން ޖާވިޝްގެ ބޮލޮގް ގައި ޝާއިރު ކޮށްފައިވާ ތާނަ ޕްރޮޖެކްޓް ސަފްޙާ ބަލާލި ކޮންމެ ފަރާތަކަށްވެސް އިގިގެންދާނެއެވެ.

23 މެއި 2009 ގައި ޖާވިޝް ފައްޓާފައިވާ ތާނަ ކޮމަން ފޮންޓް ރިސާރޗް އަކީ ޖާވިޝްގެ މި މަސައްކަތަށް އެމުނުނު އިތުރު ބޮޅެކެވެ. މި ދިރާސާގެ މަޤްސަދަކީ ދިވެހި ފޮންޓް ތައް ބޭނުން ކުރެވޭ ނިސްބަތް ދެނެގަތުމެވެ. މިގޮތުން މި ޕްރޮޖެކްޓްގައިބައިވެރިވާ ވެބްސައިޓްތަކަށް ޒިޔާރަތް ކުރާ ފަރާތްތައް ބޭނުންކުރާ ޑިވައިސް އަށް އިންސްޓޯލް ކޮށްފައިވާ ފޮންޓް ތައް ލިސްޓް ކުރުމަށްފަހު އެއްކުރެވޭ މައުލޫމާތުގެ އިތުރަށް ދިރާސާ ކުރެވެއެވެ. މި ދިރާސާގެ ސަބަބުން ދިވެހި ޑިވެލޮޕަރުންނާއި ވެބްސައިޓް ތައް ހިންގާފަރާތަށް ފޮންޓް އިޙްތިޔާރު ކުރުމުގައި ފަސޭހަވެ ފޮންޓް ނެތުމުގެ ސަބަބުން ސައިޓް ޕްރެސެންޓް ކުރުމުގައި ދިމާވާ އެތަކެއް މައްސަލަތަކެއް ގިރާކުރެވޭނެއެވެ.

މިހާތަނަށް މިޕްރޮޖެކްޓް އަށް އެއްކުރެވިފައިވަނީ 1960 ކޮމްޕިއުޓަރ ނުވަތަ ޑިވައިސް އިން ނެގިފައިވާ މައުލޫމާތެވެ. މިއީ މި ޕްރޮޖެކްޓް ގައި މިހާތަނަށް ބައިވެރިވެފައިވާ ޖާވިސް.އޯގް ، މުރާސިލް.ކޮމް އަދި ކައްޓެޅި.ކޮމް މިތިން ވެބްސައިޓް އަށް ޒިޔާރަތް ކުރާ ފަރާތްތަކުން އެއްކުރެވެމުންދާ މައުލޫމާތެވެ. 233 ތާނަ ފޮންޓް ފެނިފައިވާ އިރު 90 އިންސައްތަ އަށް ވުރެއް ގިނަ ކޮމްޕިއުޓަރ ގައި އެމް.ވީ ބޮލި އިންސްޓޯލް ކުރެވިފައި ވީކަމުގައިވިޔަސް ޔުނިކޯޑް ވެބްސައިޓްތަކުގައި އެންމެ އާއްމުކޮށް ބޭނުންކުރާ ފަރުމާ ފޮންޓް އިންސްޓޯލް ކުރެވިފައިވަނީ ގާތް ގަޑަކަށް ފަންސާސް އިންސައްތަ އާއި ކާއިރި ކުރާ މިންވަރަކަށެވެ. މިއީ ޔުނިކޯޑް ސްޓެންޑަޑް ގައި ވެބްސައިޓް ތައްޔާރުކުރާ ފަރާތް ތަކަކަށް ލިބޭނެ ވަރަށް ދެރަ ހަބަރެއް ކަމުގައިވާނެއެވެ.

ނަމަވެސް އަދި މުޅިން އުންމީދު ގެއްލުވާލާކަށް ނުވެއެވެ. އެހެނީ މިހާތަނަށް އެއްކުރެވިފައި މިވަނީ އަދި އެންމެ 3 ވެބްސައިޓް އަށް ޒިޔާރަތް ކުރަމުންދާ ފަރާތް ތަކުން އެއްކުރެވޭ މައުލޫމާތު އެކަނި ކަމެވެ. އަދި މި ދިރާސާ ފައްކާ ކުރުމަށް އެތައް މައުލޫމާތެއް އެއްކުރަން އެބަ ޖެހެއެވެ. މިކަމުގައި ވެބްސައިޓްތައް ހިންގާ އެންމެހާ ދިވެހިންގެ އެހީތެރިކަން ބޭނުންވެއެވެ. މިގޮތުން ކުރަންޖެހޭ މަސައްކަތްވެސް މާބުރައެއް ނޫނެވެ. ޕްރޮޖެކްޓް ސަފްޙާގައިވާ ކޯޑް ކޮޅު ކޮޕީކުރުމަށްފަހު ވެބްސައިޓް ގެ ކޮންމެވެސް ތަނެގައި ހިމަނާލަދެއްވާށެވެ. މި ދިރާސާއި ގުޅޭ އިތުރު މައުލޫމާތާއި ތަފްސީލް ހޯއްދެވުމަށް ޕްރޮޖެކްޓް ގެ ހޯމް ޕޭޖް ބައްލަވާލައްވާށެވެ.


މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-06-03 12:19:23 | Report this Comment
ސިނަފް:

ކޮންމެ ހެންވެސް ތިޔަ ރިސާރޗް ކުރިޔަށް ގެންގޮސްދިނުން އެދެން

Posted on 2009-06-04 08:55:37 | Report this Comment
މޫސަބެ:

ވަރަށް ރަނގަޅު މަސައްކަތެއް..ތި ރިސާރޗަކީ ކާމިޔާބު، އަދި އޭގެ ސަބަބުން އެތަކެއް ދިވެހިންނަކަށް އޭގެ ފައިދާ ލިބިގެންދާނެ އެއްޗެއްކަމަށް އުއްމީދު ކުރަން.

Posted on 2009-06-17 11:12:47 | Report this Comment
އިޢްޒަތްތެރި މެމްބަރ:

ޖާވީސް ތިޔަކުރާ ހިތްވަރަށް ސާބަސްދެން.. ތިޔަ މަސައްކަތުގައި ކުރިއަށްދާށެވެ... ތީގެ ފޮނި ނަތީޖާ ކައިރި މުސްތަޤުބަލެއްގައި ފެންނާނެއެވެ.

Posted on 2009-07-28 22:11:25 | Report this Comment
މަނަދޫ ލައިވް:

މި ރިސާޗް ކުރިއަށް ގެންގޮސް ދިވެހި ފޮންޓަށް ފަސޭހަކަމެއް ލިބިދިނުމަކީ ދިވެހި ޑިޕެލޮޕަރުންގެ އެދުމެކެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.


  • muraasil

    "މުރާސިލްގައި ޝާއިޢު ކުރެވިފައިވާ ލިޔުންތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލާއި ފިކުރެވެ. މިއީ މުރާސިލްގެ ހިޔާލާއި ފިކުރެއް ނޫނެވެ. " މުރާސިލް ބޭނުންކުރުމުގެ އުސޫލުތައް ބައްލަވާ. މުރާސިލް ގެ ކުރިއެރުން ބިނާވެގެންވަނީ ކިޔުންތެރިންގެ ވިސްނުމުގެ މައްޗަށެވެ. އަޅުގަނޑުމެންނާއި ގުޅުއްވާ.


    Back to top ^

    ބައެއް ޙައްގުތަކަކީ މުރާސިލްގެ މިލްކެއް 2009